ބްރެޒިލްގެ ތަރި ނޭމާ އަލުން ގައުމީ ޓީމަށް ނެގުމަށް ކޯޗު ކާލޯ އެންޗެލޮޓީ ކުރަމުންދާ މަސައްކަތުގައި އިތުރު ހުރަސްތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ނޭމާ އަލުން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުމަށް، ކޯޗު އެންޗެލޮޓީ ވަނީ ޕްރިލިމިނަރީ ލިސްޓުގައި އޭނާގެ ނަން ހިމަނައިފައެވެ. ލިސްޓްގައި ނަން ހިމަނާފައި ވަނީ ސްކޮޑު އިއުލާނުކުރުމުގެ ކުރިން ބަލަން ޖެހޭ ކުޅުންތެރިންނަށް ކޯޗިން ޓީމުން ސަމާލުކަން ދޭން ފަސޭހައަކަށެވެ.
އުމުރުން 34 އަހަރުގެ ނޭމާ، ކަކުލުގެ އަނިޔާއަކުން ރިކަވާވެ، އަލުން ކުޅުމަށް ނުކުމެފައިވާ އިރު، މިދިޔަ މަހު ސަންޓޯސް މެޗެއްގައި ކުޅެފައިވެއެވެ. އެ މެޗު ކުޅުމާއެކު އެންޗެލޮޓީ ރާވާފައި ވަނީ ސަންޓޯސްއިން މިހަފުތާގައި މިރަސޮލްއާ ދެކޮޅަށް ކުޅޭ މެޗު ބަލަން ދިޔުމަށެވެ.
ހަބަރުތައް ބުނެފައި ވަނީ މަސްގަނޑުގެ ވަރުބަލިކަމުގެ ސަބަބުން ނޭމާއަށް އެމެޗު ކުޅެވެން ނެތް ކަމަށާއި، ސްކޮޑަށް ނަގާނެ ކަމަށްވެސް ނުބެލެވޭ ކަމަށެވެ. އެގޮތަށް ސަންޓޯސްއިން ނިންމާފައިވުމުން ބްރެޒިލް ގައުމީ ޓީމުގެ ކޯޗު އެންޗޮލޮޓީއާއި ޓެކްނިކަލް ޓީމުންވެސް ނުރުހުންވެފައިވާ ކަމަށް ނޫސްތައް ބުނެފައެވެ.
މީގެ ކުރިން އެންޗެލޮޓީ ބުނެފައި ވަނީ ބްރެޒިލް ޓީމަށް އަބަދުވެސް ނަގާނީ ފުލް ފިޓްނަސްގައި ތިބޭ ކުޅުންތެރިންކަމަށެވެ.
ބްރެޒިލުން ތައްޔާރުވަނީ މިމަހުގެ ކްރޮއޭޝިއާއާއި ފްރާންސާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެމެޗަށެވެ.
ނޭމާއަކީ ބްރެޒިލްގެ ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ. އޭނާ ވަނީ 128 މެޗުން 79 ގޯލް ޖަހައިފައެވެ. އޭނާ އެންމެފަހުން ގައުމީ ޓީމަށް ކުޅެފައި ވަނީ 2023 ވަނަ އަހަރު އޮކްޓޯބަރު މަހުގައެވެ.
ނޭމާ
ނޭމާ
ނޭމާ