މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ނޭޕާލުގެ ޒުވާން އަންހެން ކުއްޖާ އިތުރު 20 ދުވަހަށް ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ނިޝާ ރާއީ، (21އ) ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގައެވެ.
އޭނާ ހައްޔަރުކުރި އިރު އޭނާ ދިިރިއުޅުނު އެޕާޓްމަންޓްގައި ޑްރަގް ޓްރެފިކިންގެ ސާމާނު ހުއްޓެވެ. އެތަކެތި ހާމައަށް ހުރި އިރު، އެ ތަކެތި ކިރައި ބަންދުކުރަން ބޭނުންކުރާ ސާމާނު ވެސް އެ ތަނުގައި ހުރިކަމަށް ފުލުހުން ބުންޏެވެ.
އެއަށްފަހު މައްސަލައިގެ ތަހުގީގަށް އެކި ފަހަރުމަތިން ބަންދު ކުރަމުން އައިސް އެންމެ ފަހުން އިއްޔެ ކުރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ 20 ދުވަހަށެވެ.
އިއްޔެގެ ކޯޓު އަމުރުގައި ބުނެފައިވަނީ، މި މައްސަލައަކީ ޕްރޮސިކިއުޓާ ޖެނެރަލް އަށް ފޮނުވިފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އަދި މައްސަލަ ބަލައިގަތުމަށް ޕީޖީ އިން ނުނިންމާ ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި އެ ނިންމުން ނިންމާނެ ކަމަށް އައިއޯ ފާހަގަ ކުރިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.
އިބްރާހިމް ޒަކީ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
18 އަހަރުން މަތިވެއްޖެއްޔާ ރާއްޖޭގަ ކިޔަނީ "މީހާ" ކުއްޖެއް ނޫން. ދެން ނޭޕާލް ވެފަ ދޮންވީމަ ކުއްޖަކަށް ބަދަލު ވީތޯ؟ ބޭރު މީހުން މިގައުމު ހަލާކު ކޮށްފި، އެވެސް ހާއްސަކޮށް ތި ވިދާޅުވާ ނޭޕާލް "ކުދިން".
ސަންތި - 4 މަސް ކުރިން