ހަނގުރާމައާ ގުޅިގެން މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 35 ޕަސަންޓަށް މަދުވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވަނީ، އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް އިއްޔެ ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްދާނެ ހީނަރުކަމާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މެދުއިރުމައްޗަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ސަރަހައްދެއް ކަމަށާއި އެގޮތުން މިދިޔަ މަހު އެވަރެޖުކޮށް ރާއްޖެ އައިސްފައިވަނީ ދުވާލެއްގެ މައްޗަށް 8800 ފަތުރުވެރިން ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ކޮންމެވެސް ވަރަކަށް ހިސާބުތަކަށް ބަލައިލި އިރު، ގާތްގަނޑަކަށް 30 އާއި 35 ޕަސަންޓާ ދޭތެރޭގެ ފަތުރުވެރިން މި އަންނަނީ މެދުއިރުމަތީ މަތިންދާބޯޓުތަކުގައި. އެހެންވީމާ މިވަގުތު މެދުއިރުމަތީގައި އަޅުގަނޑުމެންގެ ވެސް އުންމީދަކީ ވަރަށް އަވަހަށް މިކަންތައް ހައްލުވެގެންދާނެ ކަމަށް. އެހެންވީމާ މެދުއިރުމަތިން މި އަންނަ ފަތުރުވެރިން މަދުވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން ދެން ބަލާނީ ކޮންމެވެސް އެހެން ރޫޓަކުން އައުމަށް ކަމަށާއި އެހެންކަމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް މި ދެތިން ދުވަހު ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރާއްޖެއަށް ވަންނަ އާމްދަނީ ދަށްވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން މި ބަލަނީ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ އިތުރު އޮޕްޝަންތަކަކީ ކޮބައިތޯ އާއި، އިތުރު މާކެޓްތައް ހޯދޭނެ ގޮތަކީ ކޮބައިތޯ ބަލައި، އަންނަ ހީނަރުކަން ވީހާވެސް ބޮޑަކަށް ކުޑަކުރެވޭތޯ ބަލަމުން މިދަނީ. އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އަދި އިއްޔެ މި އިޝޫ މި ދިމާވީ. މިހާރު ވެސް އަޅުގަނޑުމެން މިދަނީ އެ މަސައްކަތްކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ތޯރިގު އިތުރަށް ވިދާޅުވީ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ރާއްޖޭގައި ނުފުރިފައި 4929 ފަތުރުވެރިޔަކު ތިބި ކަމަށާއި އޭގެ ތެރެއިން ބައެއް ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ)ގައި މަޑުކުރަން ބޭނުންވާތީ، އެމީހުންނަށް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްގައި އެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެހެނިހެން ފަތުރުވެރިން ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އަނބުރާ ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް