އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް، ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ތޯރިގު މިހާރުވެސް ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ މަގާމުގައެވެ.
އިރީނާގައި ރާއްޖޭގެ ފަރާތުން ހުންނަވާ ދާއިމީ މަންދޫބަކަށް ތޯރިގު ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށްއެދިވަޑައިގެން ރައީސުކްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވުމުން އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހާރޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވިއެވެ.
އެ ކޮމިޓީން މައްސަލަ ދިރާސާކޮށް އެކުލަވައިލި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅިއެވެ.
(އިރީނާ) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް، ތޯރިގު ހަމަޖައްސަން މިއަދު ވޯޓަށް އެހީ އެ ރިޕޯޓަށް ވާހަކަ ދެއްކުމަށް ހުޅުވައިލި ފުރުސަތުގައި އެއްވެސް މެންބަރަކު ވާހަކަ ދައްކަން ބޭނުން ނުވުމުންނެވެ.
އިބްރާހިމް ޒަކީ
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް

ކޮމެންޓް