މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ކުރި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ އިތުރު މެންބަރުންތަކެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ ކުރިމިނަލް ކޯޓުގައި އެމީހުންގެ މައްޗަށް ދައުވާާކުރީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލައެއްގައި ކަމަށެވެ.
ދައުވާކުރި މީހުން:
- އަބްދުއްސަލާމް
- މުހައްމަދު ހަމާއިދު އަބްދުލް ގަނީ
- އަލީ ނައުފަލް
- މައުރޫފް ޒާކިރު
- އާއިޝަތު ނަޖުދާ އަލީ
- އަލީ މުއައްވަޒް
- ފާއިމަތު ޒަހިއްޔާ
- ހުސައިން ރަޝީދު
މި މީހުންނަށް ކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި އިތުރު ހަތް މީހަކަށް ތުހުމަތުކުރާ ކަމަށެވެ.
ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގާރީނާ ލިބިފައި ނުވާތީ އާއި، ދައުވާކުރުމުގެ އާންމު މަސްލަހަތު ނެތުމުން އެ މީހުންގެ ބައި ދިވެހި ފުލުހުންގެ ހިދުމަތަށް އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް