އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިޒްރޭލު އޮފިޝަލުންނާ ހަވާލާދީ އަލްގުދުސް އާއި ޓައިމްސް އޮފް އިސްރާއީލުން ބުނީ ހަމަލާގައި ހާމަނާއީ އަވަހާރަވެފައިވާ ކަމަށެވެ.

އެ ނޫހުގައިވާ ގޮތުން ހާމަނާއީ އަވަރާހަވީ އިޒްރޭލުން އިއްޔެ ހާމަނާއީ ދިރިއުޅުއްވާ ގަނޑުވަރަށް ދިން ވަރުގަދަ ހަމަލާގައެވެ.

އިޒްރޭލުގެ އިސް އޮފިޝަލަކާ ހަވާލުދީ ރޮއިޓާސް އިން ބުނިގޮތުގައި ހާމަނާއީ އަވަހާރަވެފައިވާ އިރު، އޭނާގެ ހަށިކޮޅު މިހާރު ވަނީ ފެނިފައެވެ.

ހާމަނާއީ އަވަހާރަކޮށްލި ކަމަށް އިޒްރޭލާއި ބައެއް މީޑިއާތަކުން ބުނެފައިވާ އިރު، އީރާނުން ވަނީ ހާމަނާއީ އަވަހާރަނުވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް މީގެ ކުރިން ބުނެފައެވެ.