2،500 ކޮންޓެއިނަރު އުފުލާ ބޯޓެއްގައި ރޯވެ، ހޮރްމުޒް ކަނޑުއޮޅިއަށް އަޑިއަށް ހިނގައްޖެއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނި ގޮތުގައި، އިއްޔެ ހެނދުނު އެ ބޯޓު އަޑިއަށް ދިޔައީ ކަނޑުގެ މައިނެއްގައި ޖެހުމުގެ ސަބަބުންނެވެ. ނަމަވެސް، ސިންގަޕޫރުގެ މެރިޓައިމް އެންޑް ޕޯޓް އޮތޯރިޓީ (އެމްޕީއޭ) އާއި ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯޓަށް އަމާޒުވީ ޕްރޮޖެކްޓައިލް ހަމަލާއެކެވެ.
އެމްޕީއޭއިން ބުނި ގޮތުގައި، އަޑިއަށް ދިޔައީ ސިންގަޕޫރުގެ ދިދަ ނަގައިގެން ދަތުރުކުރި "ޖީއެފްއެސް ޕްރައިޑް" ނަމަކަށް ކިޔާ ބޯޓެކެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި، ބޯޓު އަޑިއަށް ދިއުމުގެ ކުރިން އޭގައި ތިބި 21 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްޕީއޭއިން ބުނެފައިވެއެވެ.
އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ބޯޓު މައިނުގައި ޖެހުނީ ހުއްދަ ނުނަގައި، ނުރައްކާތެރި މަގަކުން ދަތުރުކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ބޯޓު އަޑިއަށް ދިޔަ ކަމާއި ފަޅުވެރިން ސަލާމަތްވިކަން ކަށަވަރުވެފައި ވީނަމަވެސް، ބޯޓަށް ލިބުނު ގެއްލުމުގެ އަސްލު ސަބަބާ މެދު އީރާނާއި ބައިނަލްއަގުވާމީ އިދާރާތަކުގެ ބަސް ތަފާތެވެ.
މި ހާދިސާ ހިނގާފައިވަނީ، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް ދޭ ހަމަލާތައް ފަހަކަށް އައިސް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް