އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި، އިގުތިސޯދީ ގޮތުންނާއި އަސްކަރީ ގޮތުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް މިހެން ވިދާޅުވީ އީރާނުގެ މައްސަލައިގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ގެންގުޅުއްވާ ސިޔާސަތަށް ތައުރީފު ކުރައްވައި ވާހަކަދައްކަވަމުންނެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެވަޑައިނުގެން، އީރާނާ ދުރުގައި ޕޫޓިން ހުންނެވި ހުންނެވުމަށް ޓްރަމްޕް ވަނީ ތައުރީފު ކުރައްވައިފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ރަޝިޔާއިން އީރާނާ ދުރުވެ، މި މައްސަލައިގައި އެއްވެސް ކަމެއް ނުކޮށް ތިބުމަކީ އެމެރިކާއިން ބަލައިގަންނަ ކަމެކެވެ. އަދި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާ ނުލައި ކުރިއަށްގެންދާނެ ކަމަށާއި އީރާނުގެ އިގުތިސޯދަށް އަމާޒުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދެ ގައުމުންވެސް ދަނީ ބޮޑެތި ހަމަލާތަކެއް ބަދަލުކުރަމުންނެވެ. މިގޮތުން، އެމެރިކާއިން އީރާނުގެ އިގުތިސޯދަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ އިރު، އަސްކަރީ ގޮތުންވެސް އީރާނުގެ އަމާޒުތަކަށް ދަނީ ހަމަލާދެމުންނެވެ.
އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުންވެސް ދަނީ އިންޒާރުތައް ދެމުންނެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) ގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ހުސައިން މުހިއްބީ ވިދާޅުވި ގޮތުގައި، އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ސަލާމަތަށް ނުރައްކާވެއްޖެނަމަ، ހޮރުމުޒް ކަނޑުއޮޅީގައި އަޅާފައިވާ މުވާސަލާތީ ކޭބަލްތަކަށް ހަމަލާދޭނެއެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އިންޓަނެޓާއި ވިޔަފާރީގެ މުއާމަލާތްތައް ބިނާވެފައިވަނީ އެ ކޭބަލްތަކުގެ މައްޗަށް ކަމަށެވެ. ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް