ގަތަރު ވައިގެ ސަރަހައްދު ބަންދުކޮށް އާންމުން ބޭރަށް ނުކުތުން މަނާކޮށްފިއެވެ.

އިރާނަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ހަމަލާ ދޭން ފެށުމުން އިރާނުން ވަނީ އެމެރިކާގެ ބޭސްތައް ހުންނަ މެދުއިރުމަތީގެ ގައުމުތަކަށް ހަމަލާ ދޭން ފަށައިފައެވެ.

އިރާނުން ދިން ހަމަލާ އަމާޒުވާނެ ކަމަށް ބެލެވޭތީ ގަތަރުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

ގަތަރުގެ ބައެއް ރިޕޯޓުތައް ބުނާގޮތުން އެގައުމުގެ މިލިޓަރީ އިން ވަނީ އިރާނުން ފޮނުވާލި މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލައިފައެވެ.

ގަތަރު ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުގެ އާންމުން ބޭރަށް ނުނިކުތުމަށާއި މިލިޓަރީ ސައިޓުތައް ހުންނަ ސަރަހައްދުތަކަށް ނުދިއުމަށް އަންގައިފައެވެ.