ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުވެސް "ދޮރުންދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ޕީއެންސީން މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭގޮތަށް މިއަދުގެ "ދޮރުންދޮރަށް" ހަރަކާތް ފެށީ ހީނާމާގެ ޕާކިން ޒޯން ސަރަހައްދުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ "ދޮރުންދޮރަށް" ހަރަކާތުގެ ތެރެއިން (ހެންވޭރު ހުޅަނގު) --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިއަދު މެންދުރު 1:15 ގައި ފެށި އެ ހަރަކާތުގައި ރައީސް ވަނީ ހެނެވޭރު ހުޅަނގުގެ ބައެއް ގެތަކަށް ވަޑައިގެން އެ ގޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައިފައެވެ.

ކައުންސިލް އިންތިހާބުގައި އދ. މާމިގިލި ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ގޮނޑިއަކަށް ޕީއެންސީން ވާދަކުރެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވާ ގޮތުގައި ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.