ހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ދިރިއުޅުނު ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަމަޖައްސައިދީފި އެވެ.
އެ ހާދިސާ ހިނގާފައިވަނީ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގައި ރޭގެ ވަގުތެއްގައެވެ. އެ ހާދިސާގައި އެ އެޕާޓްމަންޓްގެ ބަދިގެވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އެމީހުންނަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ތިން ދުވަހުގެ މުއްދަތަކަށް އެންޑީއެމްއޭއިން މިހާރު ވަނީ ހަމަޖައްސައި ދީފައެވެ.
އެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތް އެންޑީއެމްއޭއިން މިހާރު ދަނީ ކުރަމުންނެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު