ރޯދަ މަހު ދުވާލު މަގުމަތީގައި ކެއި ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ.

އޭގެ ތެރެއިން 25 އަހަރުގެ މީހާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ހުރީ މަގުމަތީގައި ޗުއިންގަމެއް ކާށެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައެވެ. އޭނާއަކީ ބަންދު ރިކޯޑު އޮންނަ މީހެއްކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ދެން ހައްޔަރުކުރި 41 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ޖަހައިދީފައިވަނީ ފަސް ދުވަހެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީވެސް ބަންދު ރިކޯޑު އޮންނަ މީހެކެވެ.