ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ހަޝިޝް އޮއިލް، މޯލްޑިވްސް ކަސްޓަމްސް ސަވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 29 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭ ވިޔަފާރިވެރިންގެ ބަނދަރަށް ގެނައި މުދާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެ ތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮޒިޓިވްވެފައިކަމަށް ކަސްޓަމުން ބުންޏެވެ.
އަތުލައިގަނެވުނު އެ ޝިޕްމަންޓުގެ ބަރުދަނުގައި ޖުމްލަ 36.43 ކިލޯގްރާމް ހުރި އިރު، އެ ތަކެތި ހުރީ ކުދި ރަބަރު ޕެކެޓުތަކެއްގައި ބަންދުކޮށްފައިކަމަށް ކަސްޓަމުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، އަތުލައިގަނެވުނު ހުރިހާ ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައިކަމަށް ކަސްޓަމުން ބުންޏެވެ.
މުހައްމަދު އިޝާން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން