މަސް ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ފުލުހުން ބުނީ ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 2:54 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ދޯނީގައި 15 މީހުން ތިބި ކަމަށެވެ. އެ ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގައި ދަތުރުކުރަމުންދާ ކަމަށެވެ.

ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.