އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް، ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ޓުޗެލް އިންގްލެންޑާ ހަވާލުވީ 2025 ވަނަ އަހަރު ގެރެތު ސައުތުގޭޓްގެ ބަދަލުގައެވެ. ޓުޗެލް ފުރަތަމަ އިންގްލެންޑާއެކު ސޮއިކުރީ 18 މަހުގެ އެއްބަސްވުމެއްގައެވެ. އެއީ މިއަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ޓުޗެލް މިހާރު އާކުރި އެއްބަސްވުމާއެކު އިނގިރޭސިވިލާތާއި އަޔަލޭންޑްގައި ބާއްވާ، 2028 ވަނަ އަހަރު ޔޫރޯގައިވެސް ކޯޗަކަށް ހުންނާނީ އޭނާއެވެ.

އުމުރުން 52 އަހަރުގެ ޓުޗެލްއަކީ ކުރިން ޕީއެސްޖީއާއި ޗެލްސީ، ބަޔާން މިއުނިކަށްވެސް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. އޭނާ އަނބުރާ ކްލަބު ފުޓުބޯޅައަށް ނުކުންނަން އުޅޭކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

އިންގްލެންޑާއެކު ޓުޗެލްގެ ނަތީޖާތައް ރަނގަޅު ނަމަވެސް، އޭނާ ވަނީ ކޮންމެ ހަފުތާއަކު އެއްފަހަރު ކުޅުންތެރިންނާއެކު މަސައްކަތް ނުކުރެވޭތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެއީ ގައުމީ ޓީމުތަކާއެކު މަސައްކަތް ކުރަން ލިބޭ ދުވަސްތަކުން މަދުވުމުންނެވެ.

ޓުޗެލްއާއެކު އިންގްލެންޑް މިހާތަނަށް ބަލިވީ ސެނެގާލް ކައިރިންނެވެ. ރަނގަޅު ރެކޯޑަކާއެކު އިންގްލެންޑްގެ އެއްބަސްވުން އާކޮށް، ޓުޗެލް ބުނީ އެފްއޭގެ ސަޕޯޓާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި، އިންގްލެންޑްގައި ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ.