ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިމަހުގެ ދެވަނަ ދުވަހު މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފިއެވެ.
މިމަހުގެ އަށްވަނަ ދުވަހު ފުލުހުން ބުނެފައިވަނީ، އެ ދެ މަރުގެ ހަގީގަތް ބަލަން އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށާއި އެހެންވެ، ދެ މީހުންގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަރުވި ދެ ގައިދީން ކަމަށްވާ ހަސަން ނިޔާޒާއި އިބްރާހިމް ސުހައިލްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އިއްޔެ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.
ހުކުމް ތަންފީޒުކުރަން ޖަލަށް ލާފައި ހުއްޓައި މިމަހުގެ ދެވަނަ ދުވަހުގެ ހެނދުނު އެންމެ ފުރަތަމަ މަރުވީ ދަފްތަރު ނަމްބަރު 439، އިބްރާހީމް ސުހައިލް 53، އެވެ.
ކަރެކްޝަންސް އިން ބުނީ ނިއުމޯނިޔާގައި ސުހެއިލް މަރުވީ ސިއްހީ ހާލު ދެރަވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭތާ ހަފުތާއެއް ފަހުން ކަމަށެވެ.
އެ ދުވަހު ދެވަނައަށް މަރުވީ، ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، ހަސަން ނިޔާޒު، 45، އެވެ. ނިޔާޒު މަރުވީ ހުޅުމާލެ ޖަލުގައި ހުއްޓައި ހާލު ސީރިއަސްވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
ނިޔާޒަކީ ޑްރަގްގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި މީހެކެވެ. އެ ހުކުމް އޭނާއަށް އިއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް