އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ހަރު އުމުރުގެ އަންހެނަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ، ފުލުހަށް ހާޒިރުކުރަން ބޭނުންވަނީ ސަލީމާ ސަލީމް (54އ) މ. ގޯބިލިގަސްދޮށުގެ / މާލެ ކަމަށެވެ.
ފުލުހުން ބުނީ ސަލީމާ ފުލުހަށް ހާޒިރުކުރަނީ ދިރިއުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތީން ކަމަށެވެ.
ފުލުހުން ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ސަލީމާ ހާޒިރުވުމަށް އަންގައިފައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް