ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބު ކައިރިން މޮޅުވެއްޖެއެވެ.
ޕްރެޒިޑެންޓްސް ކަޕް މިއަހަރު ކުރިއަށް ގެންދަން ރާވަފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ހަ ޓީމުން ވާދަކުރާ އިރު، ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމަށް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބިފައެވެ. ގްރޫޕްތަކަށް ޓީމުތައް ބަހާލާފައި ވަނީ ސީޑު ކޮށްގެންނެވެ.
ލީގު ތާވަލުގެ ފަސް ވަނައިން ފެށިގެން އަށްވަނަ ދިޔަ ހަތަރު ޓީމުގެ މެދުގައި ނޮކައުޓް ޕްލޭ އޮފް މެޗްތަކެއް ކުޅެން ނިންމާފައިވާ އިރު، އެ ޖާގަތައް ހޯދީ ކްލަބު އީގަލްސްއާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
މާޒިޔާއިން މިއަދު ކުޅުނު މެޗުގައި ބުރު ބަލިކުރީ 1-0 އިންނެވެ. މާޒިޔާ ހިމެނޭ ގްރޫޕްގައި ބުރުގެ އިތުރުން އޮތީ ޕްލޭއޮފްގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރި ވިކްޓަރީއެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މާޒިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަޒަރުބައިޖާން ޑިފެންޑަރު، ނާޒިމް މަމަދުޒާދާއެވެ. އޭރިއާތެރެއަށް ކޯނަރަކުން ހުރަސްވި ބޯޅައަކަށް އަރައި ނާޒިމް ވަނީ ކުޑަ އޭރިއާތެރެއިން ބޯޅަ ލިބުނު ވަގުތުގައި ގޯލަށް ފޮނުވާލައިފައެވެ.
ބުރުން އެޓޭކަށް ޖެހިގެން ފުރުސަތުތަކެއް ހޯދައި ގޯލެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް، މާޒިޔާގެ ގޯލު ބެލެހެއްޓި ކީޕަރު ހުސެއިން ޝަރީފް (ހުސެން) މުހިއްމު މަސައްކަތްތަކެއް ކުރިއެވެ. އޭގެފަހުން މާޒިޔާއިން ބަދަލަކަށް ނުކުތް މުހައްމަދު އިލާން އިމްރާނަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ.
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް