ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު "ވަން"އަށް ބުނީ ހައިވޭގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ ދަންވަރުގެ 12:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ، ހައިވޭގެ މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި، ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި ދުއްވާފައި ދިޔަ އެެހެން ކާރެއް ފަހަތުން ޖެހި، ދުއްވާފައިދިޔަ ކާރު ސައިކަލު ލޭނަށް އެނބުރި ގަތް ވަގުތު އިތުރު ހަތަރު ސައިކަލެއް ޖެހުމުން ކަމަށެވެ.
އެ އެކްސިޑެންޓުގައި ހަތަރު ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް ދެ މީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުހީގުކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗް މީޑިއާއިން މިއަދު "ވަން" އަށް ބުނީ އެ އެކްސިޑެންޓުގައި 31 އަހަރުގެ ފިރިހެނެއް ގެނެސްފައިވާ ކަމަށާއި އެމީހާއަށް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ފަރުވާދެމުންގެންދާ ކަމަށެވެ. އެމީހާގެ އިތުރުން ދެން ހިމެނޭ މީހާގެ އަނިޔާގެ ތަފްސީލެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ފާތިމަތު ލިއުޝާ
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް