ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ކުޅޭ ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް، އިއްޔެ ފަށައިފިއެވެ.
ޑައިމަންޑް ޖުބިލީ މުބަރާތުގައި ވާދަކުރާނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ، ހުޅުމާލެ) އާއި ސީއެޗްއެސްސީ މާލޭގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.
މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކުޅެ، އެންމެ ކުރީގައި އޮންނަ ދެޓީމު ފައިނަލަށް ދާ ގޮތަށެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި އަހްމަދިއްޔާއިން ސީއެޗްއެސްސީ ހުޅުމާލެ ކައިރިން 6-0 އިން މޮޅުވެ، ރަނގަޅު ފެށުމަކުން ފަށާފައިވާ އިރު، އެމެޗުގައި އެމެޗުގައި އަހުމަދިއްޔާގެ އަހުމަދު އަކްމަލް ރަޝީދު ދެ ގޯލް ޖެހިއެވެ.
އަނެއް ގޯލްތައް ޖެހީ ހުސައިން އާއިޝް ވާހިދާއި މުހައްމަދު ޒޯރޯން އަޔާޒް، އައްފާން ބިން އަހުމަދެވެ. އަދި އޭގެ އިތުރުން މުހައްމަދު ނިޔާޒް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
ރޭ ކުޅުނު މެޗުގައި ސީއެޗްއެސްސީ މާލެއިން ވިލާ ކައިރިން މޮޅުވީ 2-1 އިންނެވެ. މެޗުގައި ސީއެޗްއެސްސީ މާލޭން ލީޑު ނެގީ ޔޫސުފް ނާމިކް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭގެފަހުން އަހުމަދު ލައިތު އައްބާސްގެ ގޯލަކުން މެޗު އެއްވަރުވި އިރު، ސީއެޗްއެސްސީ މޮޅުކޮށްދިން ގޯލް ޖެހީ މުހައްމަދު ސައިމް އިބްރާހީމެވެ.
މުބާރާތުގެ މެޗުތައް ދެން އޮތީ މާދަމާއެެވެ. ހަވީރު ކުޅޭ މެޗުގައި އަހުމަދިއްޔާއިން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާ ދެކޮޅަށް ނުކުންނަ އިރު، މާދަމާ ރޭ ކުޅޭ މެޗުގައި ސީއެޗްއެސްއީ މާލެ ވާދަކުރާނީ ސީއެޗްއެސްއީ ހުޅުމާލެއާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ