އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ދެވަނަ ލެގުގައިވެސް ނިއުކާސަލް ބަލިކޮށް، މެންޗެސްޓާ ސިޓީން ފައިނަލްގެ ދެވަނަ ޖާގަ ޔަގީންކޮށްފިއެވެ.
ސިޓީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީން ނިއުކާސަލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސިޓީން ސެމީ ފައިނަލް ދެ ލެގު ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. ސިޓީން މިފަހަރު ލީގު ކަޕް ފައިނަލަށް ނުކުންނާނީ ހަތަރު އަހަރު ފަހުންނެވެ. އެޓީމުން އެންމެފަހުން 2021 ވަނަ އަހަރު ފައިނަލް ކުޅެ ތަށި ހޯދި އިރު، އޭގެ ކުރިން ތިން އަހަރުވެސް ސިޓީން ވަނީ ޖެހިޖެހިގެން ލީގު ތަށި ކާމިޔާބުކޮށްފައެވެ.
ސިޓީއާ ދެކޮޅަށް ނުކުންނަ އާސެނަލުން މިފަހަރު ލީގު ކަޕްގެ ފައިނަލަށް ނުކުންނާނީ 2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ.
ރޭގެ މެޗު ސިޓީން ފެށީ ވަރުގަދަ ކޮށެވެ. މެޗުގެ ހަވަނަ މިނެޓުގައި އެޓީމުން ލީޑުވެސް ނެގިއެވެ. އޮމަރް މަރްމޫޝް ފޮނުވާލި ބޯޅަ، ޑެން ބާން ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ވަން އިރު، އެ ގޯލާއެކު ސިޓީން އެގްރިގޭޓް 3-0 ގެ ލީޑެއް ހޯދިއެވެ.
އޭގެ އިރުކޮޅެއްފަހުން މަރްމޫޝްގެ ދެވަނަ ގޯލަކާއެކު މި ސީޒަނުގައި އޭނާ ޖެހި ގޯލްގެ އަދަދު 12 އަށް އެރިއެވެ. ހާފު ނިމުމުގެ ކުރިން ސިޓީން ތިންވަނަ ގޯލެއްވެސް ޖެހި އިރު، އެންޓޮއިން ސެމެންޔޯ ތަނަވަސްކުރި ފުރުސަތުގައި އެ ގޯލު ޖެހީ ރަނގަޅު ފޯމެއްގައި ހުރި ޓިޖާނީ ރެއިންޑާސްއެވެ.
ދެވަނަ ހާފުގައި އެންތަނީ އެލަންގާ ޖެހި ގޯލުން ނިއުކާސަލް ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ އިތުރުން އެގްރިގޭޓް ނަތީޖާވެސް އެޓީމަށް އަނބުރައެއް ނުލެވުނެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް