ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ، ސައުދީ އަރަބިއާގެ އަލް އިއްތިހާދު ދޫކޮށް، ޕޯޗުގަލްގެ ފެނަބާޗޭއަށް ބަދަލުވެއްޖެއެވެ.
އުމުރުން 34 އަހަރުގެ ކާންޓޭ ޓްރާންސްފާ ކަންތަކުގައި ބައެއް މައްސަލަތައް ދިމާވެފައިވެއެވެ. ކާންޓޭ އިއްތިހާދާއެކު ހަދާފައިވާ އެއްބަސްވުން އިތުރަށް އާނުކުރަން ނިންމައި، އޭނާ ބޭނުންވީ އެއްބަސްވުން އުވާލުމަށެވެ. އެ ހިސާބުން ފެނެބާޗޭއާ ވާހަކަތައް ދައްކާފައިވާ އިރު، ކާންޓޭ ވަނީ ކުރީ ބައިގައި އެ ކްލަބާއެކު އެއްބަސްވުމަކަށް އައިސްފައެވެ.
އެހެން ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ފެނެބާޗޭން ބުނީ ސައުދީގެ އިއްތިހާދުން ފީފާގެ ޓްރާންފާ ސިސްޓަމަށް ޓްރާންސްފާގެ މައުލޫމާތު އަޅާފައި ނެތުމުން، އެ ޑީލް ކާމިޔާބުވާ ގޮތް ނުވި ކަމަށެވެ. އެ ހިސާބުން ޑީލް ކުރިއަށް ނުގޮސްދާނެ ކަމަށް ހީވި ނަމަވެސް، އިއްޔެ ފެނެބާޗޭން އިއުލާނުކުރީ ޓްރާންސްފާ ކަންތައް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
ކާންޓޭ މިހާރު ވަނީ ޓްރާންސްފާ ނިންމަން ތުރުކީއަށް ގޮސްފައެވެ.
ކާންޓޭއަކީ މިހާރުވެސް ފްރާންސް ގައުމީ ސްކޮޑުގައި ހިމެނޭ މިޑްފީލްޑަރެކެވެ. ޕްރިމިއާ ލީގުން ފެނިގެން ދިޔަ އެންމެ މޮޅު އެއް ޑިފެންސިވް މިޑްފީލްޑަރު ކާންޓޭއަކީ ފްރާންސާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް، ޗެލްސީގެ އިތުރުން ލެސްޓާ ސިޓީއާއެކު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް