ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު، އައްޔަންކުރަން ނިންމައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލުމުން 19 ބޭފުޅަކު ވަނީ އެ މަގާމަށް ކުރިމަތިލައްވައިފައެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު، ހަމަ އެމަހުގެ 21 ވަނަ ދުވަހަށް މުއްދަތު ހަމަވާ ގޮތަށެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ ގޮނޑި ހުސްވީ އެ ކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒު މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ރިޓަޔާކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާދެއްވުމާ ގުޅިގެނެވެ.
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވަން ނިންމާފައިވާ ރައޫފަކީ ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރަން ނިންމުމުން ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. ރައޫފް ވަނީ ޕީއެންސީގެ ޓިކެޓުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކެޔޮދޫ ދާއިރާއަށް ވާދަކުރައްވައިފައެވެ. ނަމަވެސް އެ އިންތިހާބު އޭނާއަށް ވަނީ ނާކާމިޔާބުވެފައެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު