ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބ. އޭދަފުށީ ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ ފަސް މެންބަރުންގެ ތެރެއިން، އަންހެން މެންބަރުންނަށް ހާއްސަ ކުރެވިފައިވާ ދެ ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކަށަވަރު ކޮށްފިއެވެ.
ޕީއެންސީގެ ފަރާތުން މި ދެ ގޮނޑިއަށް ކުރިމަތިލެއްވީ ޒީމާ އިބްރާހީމް އާއި ނާޒްނީން ޔޫސުފެވެ. އެ ދެ ބޭފުޅުންނަށް ގޮނޑި ކަށަވަރުވީ، އެ ދެ ގޮނޑިއަށް އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީއެވެ.
ނާޒްނީން އަކީ މިހާރުވެސް އޭދަފުށީ ކައުންސިލްގެ މެންބަރެކެވެ. ޒީމާއަކީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މިހާރުގެ ރައީސާ އެވެ.
އޭދަފުށީގެ އަންހެނުންނަށް ހާއްސަ ދެ ގޮނޑި ޕީއެންސީން ކަށަވަރުކުރިއިރު، ހއ. ބާރަށު ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީން ކުރިމަތިލެއްވި އަލީ ޝަމީމާއި އުތީމު ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީން ވާދަކުރެއްވި އަބްދުﷲ ރަޝީދާއި އދ. ދިއްދު އާއި މަންދޫ ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ވޯޓަކާ ނުލައި ޕީއެންސީން ވަނީ ކަށަވަރުކޮށްފައެވެ.
އަލީ ޔާމިން
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު