ބ. އޭދަފުށީގައި މިމަހުގެ 15 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.
މަރުވެފައިވަނީ އޭދަފުށި، ސީސަންގެ، އަބޫބަކުރު އަބްދުﷲ (82އ) އެވެ.
އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަަކަށް ފަރުވާ ދިނުމަށް އަބޫބަކުރު އަބްދުﷲ، މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ މިއަދުގެ ވަގުތެއްގައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އަބޫބަކުރު އަބްދުﷲ، މައުރިބު ނަމާދުކޮށް ނިމިގެން ގެއަށް ދިޔަ މަގުމަތީ ޕިކަޕެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުންވަނީ ޕިކަޕް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފައެވެ.
މުހައްމަދު އިޝާން
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް