ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓްސް އެއްވަރު ވެއްޖެއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، އެ ޕޮއިންޓަކީ ގްރީނަށް ރެލިގޭޝަނުން ސަލާމަތްވުމަށް މުހިއްމު ޕޮއިންޓެކެވެ.
ގްރީން ސްޓްރީޓްސްއިން މިވަގުތު އަށް ވަނައިގައި އޮތީ 17 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ނުވަވަނައިގައި އޮތް ވެލެންސިއާ އާއި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން މާދަމާ މުހިންމު މެޗަކަށް ނުކުންނަ އިރު، ވެލެންސިއާ އަށް 16 މެޗުން ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ޔޫވީއަށް ވަނީ 16 މެޗުން ހަތް ޕޮއިންޓް ލިބިފައެވެ.
ލީގުގެ ފުލަށް ދާ ދެޓީމު ރެލިގޭޓްވާ އިރު، މާދަމާ ވެލެންސިއާއާއި ޔޫވީ ކުޅޭ މެޗުން ބަލިވާ ޓީމެއް ރެލިގޭޓް ވާނެއެވެ.
މިރޭ ކުޅުނު މެޗުގައި ގޯލްތައް ފެނުނީ އެންމެފަހުވަގުތުއެވެ. އޭގެ ކުރިން ދެޓީމުންވެސް ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ އިރު، 90 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގީ، އުޒްބެކިސްތާން ޑިފެންޑަރު، ޝުކްރާލީ ޕުލާޓޯވް ޖެހި ގޯލުންނެވެ.
އެ ގޯލާއެކު ގްރީން މޮޅުވާން ދަނިކޮށް، އީގަލްސްއިން އިތުރު ވަގުތުގެ ތެރޭގައި ގޯލް ޖެހީ ސްމާއިލް އީސާ (މެސީ) ހުސްކޮށްލާފައި އޭރިއާތެރެއިން ދިން ބޯޅައަކުންނެވެ. އީގަލްސްއަށް ގޯލް ޖަހައިދިނީ ހިޝާމް ސަލީމް (ކޮކީ) އެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު