ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވުމުގެ ސަބަބުން ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ އިސްމާއިލް ސާޖިދު މަގާމުން ވަކިކޮށްފިއެވެ.
ސާޖިދު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގައި އޭނާ ވަކިކުރަން ނިންމަފައިވާކަން އަންގާފައިވާ ކަމަށެވެ. ސާޖިދު ވިދާޅުވީ އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވާކަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ.
"އަޅުގަނޑު ވަކިކުރަން ނިންމާފައި ވަނީ މިހާރު. އެ ނިންމުން އަޅުގަނޑުގެ ފަރާތުން އިސްތިއުނާފު ކުރާނެ،" ސާޖިދު ވިދާޅުވިއެވެ.
އެފްއައިޔޫގެ ވެރިޔަކަށް ސާޖިދު ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 3ގައެވެ.
އޭނާ އެ މަގާމަށް ބަދަލުކޮށްފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކުރުމަށްފަހުގައެވެ.
އަޝްރަފްގެ މަގާމު ބަދަލުކޮށްފައި މިވަނީ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް، ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިފަހުންނެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ