މިއަދު ކުޅުނު މެޗުގައި ރާއްޖެ ބަލިކޮށް، ބަންގްލަދޭޝްއިން ސާފް އަންހެން ފުޓްސަލް މުބާރާތް ކާމިޔާބު ކޮށްފިއެވެ.
ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ ސާފް އަންހެން ފުޓްސަލް މުބާރާތުގެ ލީގު ބުރުގައި މިއަދު ބަންގްލަދޭޝްއިން ރާއްޖެ ބަލިކުރީ 14-2 ގެ ނަތީޖާއަކުންނެވެ. ބަންގްލަދޭޝްއިން މުބާރާތުގެ ތަށި ޔަގީންކުރީ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެގެންނެވެ. ބަންގްލަދޭޝް ވަނީ ހަމެޗުން 16 ޕޮއިންޓް ހޯދައިފައެވެ.
ހުއާ މަކް އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ރާއްޖޭން ނުކުތީ ކެޕްޓަން ފާތިމަތު ޝާލިޔާ ނުލައެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ރާއްޖޭންނެވެ. ރާއްޖޭގެ ގޯލަކީ ރާނިޔާ އިބްރާހިމް ފޮނުވާލި ބޯޅައެއް ބައިކޮޅަށް ގޯލަށް ވަދެގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން ފުރަތަމަ ހާފުގައި ބަންގްލަދޭޝްއިން މެޗު ޑޮމިނޭޓް ކޮށްފައިވާ އިރު، ސަބީނާ ކަތުން، ސްރިމޯތީ ކްރިޝްނަރާނީ އަދި ލިޕީ އަކްތަރުގެ އިތުރުން ނޯސޯން ޖަހާން ގޯލްތައް ޖެހިއެވެ. ސަބީނާއާއި ލިޕީ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ.
ދެވަނަ ހާފުގައި ސަބީނާ ހެޓްރިކް ފުރިހަމަ ކުރި އިރު، ބަންގްލަދޭޝްގެ އަށްވަނަ ގޯލް ޖެހީ މަތުސުޝިމާ ސުމައްޔާއެވެ. ސަބީނާގެ އިތުުރު ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ނިލޫފާ ޔާސްމީން، މެހެނޫރު އަކްތަރު، ސްރިމޯތީ އާއި މަސޫރާ ވެސް މެޗުގައި ގޯލްތައް ޖެހިއެވެ. އޭގެ ތެރެއިން މެހެނޫރު މެޗުގައި ދެ ގޯލް ޖެހިއެވެ.
ރާއްޖޭން ދެވަނަ ހާފުގައި ޖެހި ގޯލަކީ މަރިޔަމް ނޫރާ ކާމިޔާބުކޮށްދިން ގޯލެކެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް