ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބުން، ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.
ރޭ ޓީސީން 1-0 އިން ވެލެންސިއާ ބަލިކުރުމާއެކު އެޓީމަށް ވަނީ އޮޓޮމެޓިކް ރެލިގޭޝަން ދެ ޖާގައިން ސަލާމަތްވެފައެވެ. އެހެން ނަމަވެސް އެޓީމު މިހާރު އޮތް ހާލަތުން އަދިވެސް ޕްލޭ އޮފްގައި ކުޅެން ޖެހޭނެއެވެ.
ޓީސީން މިހާތަނަށް ކުޅުނު 16 މެޗުން އެޓީމަށް ވަނީ 15 ޕޮއިންޓް ލިބިފައެވެ. އެ 15 ޕޮއިންޓާއެކު ޓީސީ އޮތީ ހަތް ވަނައިގައެވެ. ގްރީން ސްޓްރީޓްސްއަށް 16 މެޗުން 11 ޕޮއިންޓް ލިބިފައިވާ އިރު، ވެލެންސިއާ ނުވަ ވަނައިގައި އޮތީ 16 މެޗުން އަށް ޕޮއިންޓާއެކުގައެވެ. ތާވަލުގެ ފުލުގައި އޮތީ 16 މެޗުން ހަތް ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓްރީއެވެ.
މިހާރު ލީގުގެ ފޯމެޓް އޮތް ގޮތުން ފުލަށް ދާ ދެޓީމު އޮޓަމެޓިކުން ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެއެވެ. އަދި ހަތްވަނައާއި އަށްވަނަ ޓީމު ރެލިގޭޝަން ޕްލޭއޮފް ކުޅެން ޖެހޭނެއެވެ.
ޓީސީން ރޭ ކުޅުނު މެޗުގައި އެޓީމުގެ ހަމައެކަނި ގޯލް، 98 ވަނަ މިނެޓުގައި ޖަހައިދިނީ ޕްރިންސް ބޯޑޫއެވެ. އެއީ ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރެއަށް ވެއްޓުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު