ގެވެށި އަނިޔާގެ މައްސަލައެއްގައި މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެކަމަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ދ. މީދޫގައި ގެވެށި އަނިޔާގެ މައްސަލައެއްގައި ފުލުހުން މީހެއްގެ ފޯނު ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފަހައްޓަން އުޅުމުން އެކަމަށް ހުރަސް އެޅި މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައިކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ހައްޔަރުކުރުމުން، މީދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވިކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ހައްޔަރުކުރިޔަސް މާދައްމާ ދޫކޮއްލާ ދެންހައްޔަރުކުމުގެ ބޭނުމެނެ
އިބޫ - 5 މަސް ކުރިން