ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު މެޗު، 1-1 އިން އެއްވަރުވެ، ލީގު ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
ރޭ ކުޅުނު މެޗުން މޮޅުވެ މާޒިޔާއަށް ލީގު ހޯދެން އޮތެވެ. ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލީގު ހޯދުމަށް މަސައްކަތް ކުރަމުންދާ މާޒިޔާއަށް މިހާރު ލީގު ޔަގީން ކުރުމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.
މިހާތަނަށް އެޓީމުން ކުޅުނު 16 މެޗުން 44 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 15 މެޗުން ލިބިފައި ވަނީ 35 ޕޮއިންޓެވެ.
އޮޑި މިރޭ ކުޅޭ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބު ކައިރިން މޮޅު ނުވެއްޖެ ނަމަވެސް މާޒިޔާއަށް ލީގު ޔަގީންވާނެއެވެ.
މާޒިޔާއިން ފުރަތަމަ ހާފުގައި މެޗުގައި ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ނާއިޒް ހަސަން (ދާދު)އެވެ. ދާދު އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ކަނަށެވެ.
ބުރަށް އެއްވަރު ކޮށްދިނީ ހަޑްސަން ޑިއާޒް ޖަހައިދިން ގޯލުންނެވެ. އޭރިއާތެރެއިން ހަޑްސަން އަށް ލިބުނު ބޯޅަ އަމާޒުކޮށްލީ ތިރީ ކަނަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި މާޒިޔާގެ ނުރައްކާ ބޮޑަށް ފެނުނު ނަމަވެސް، ފަހު ކޮޅުގައި ބުރުންވެސް ނުރައްކާ ކުރިއެވެ. ފަހުކޮޅުގައި ބުރުގެ އަރީން އަބްދުﷲ އިބްރާހިމާއި އަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ހަމަލާތައް ފާހަގަކުރެވުނެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު