ސިނަމަން ވެލިފުށި ރިސޯޓުގެ ޑަސްބިނެއްގައި މަރުވެފައި އޮއްވައި ފެނުނު ކުއްޖާ މިރޭ ވަޅުލައިފިއެވެ.

މިރޭ 10 ޖެހިއިރު އެކުއްޖާ ވަޅުލާފައިވަނީ އާސަހަރާ މިސްކިތުގައެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ މަހު 26 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ އެ މައްސަލައާ ގުޅިގެން އެ އަންހެން މީހާ ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ބަރުދަނުގައި ދެ ކިލޯ ހުރި އެ ކުއްޖާ މަރުވެފައި އޮއްވައި ފެނިފައިވަނީ އެ ރިސޯޓުގެ އެކޮމެޑޭޝަން ބްލޮކުގެ ޑަސްބިނަކުންނެވެ.

ކުއްޖާ ފެނުނުއިރު ވަނީ ކުނިވެފައެވެ.