ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލުން ސްރީ ލަންކާ ބަލިކުރި އިރު، ޕާކިސްތާނުން ފަހަތުން އަރައި ބޫޓާންވެސް ބަލިކޮށްފިއެވެ.
ފިރިހެން މުބާރާތުގެ ދެވަނަ ދުވަހުގެ މެޗުތައް މިއަދު ކުޅެމުންދާ އިރު، ފުރަތަމަ ދުވަހު މޮޅުވެފައި ވަނީ ރާއްޖެ އެކަންޏެވެ. ބޫޓާނާއި ސްރީ ލަންކާ ފުރަތަމަ މެޗުގައި 3-3 އިން އެއްވަރުވި އިރު، އިންޑިއާއި ބަންގްލަދޭޝްވެސް ވީ 4-4 އިން އެއްވަރެވެ. ރާއްޖޭން ޕާކިސްތާން ބަލިކުރީ 7-1 އިންނެވެ.
މިއަދު ނޭޕާލުން ސްރީ ލަންކާ ބަލިކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ސްރީ ލަންކާއިން ލީޑު ނެގީ މުހައްމަދު ކުރްޝީތު މުހައްމަދު ޝަޖާން ޖެހި ގޯލުންނެވެ. އޭގެފަހުން ނޭޕާލުން ނަތީޖާ އަނބުރާލީ ސަރޯޖް ތަމަންގެ ދެ ގޯލާއެކުގައެވެ.
ޕާކިސްތާނާއި ބޫޓާން ވާދަކުރި މެޗު، ޕާކިސްތާނުން 4-2 އިން ކާމިޔާބު ކޮށްފައިވާ އިރު، އެމެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، ބޫޓާން ދެ ގޯލުން ކުރީގައި އޮތީ ދާވާ ޝެރިން ޖަހައިދިން ދެ ގޯލުންނެވެ. ދެވަނަ ހާފަށް ނުކުމެ ޕާކިސްތާނުން ނަތީޖާ އަނބުރާލީ މުހައްމަދު ޒަފަރް ހާނާއި އާސިފް އަހުމަދު ޗޯދުރީއާއި މުހައްމަދު އަދާން އަޝްފާގުގެ ގޯލްތަކުންނެވެ. އަދާން ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް