ދެވަނަ ހާފުގައި ޖެހި ގޯލްތަކާއެކު ދެވަނަ ޑިވިޝަނުގެ ރޭސިން ސަންޓަންޑާ ބަލިކޮށް، ބާސެލޯނާއިން ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރަށުން ބޭރުގައި ބާސާއިން ރޭ ރޭސިން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރިކޮށް ފެނުނު ފުރަތަމަ ހާފަކަށްފަހު ބާސާއިން މެޗުގައި ގޯލްތައް ޖެހީ ދެވަނަ ހާފުގައެވެ.
ރެއާލް މެޑްރިޑުން ކޮޕާ ޑެލް ރޭގެ ގަދަ 16 ގައި ކުޅުނު މެޗުގައި ދަށް ޑިވިޝަނުގެ އަލްބަސެޓޭ އަތުން ބަލިވެގެން ކަޓާފައިވާ އިރު، ބާސާއިން އެ ރިސްކް ނުނެގުމަށް ރޭގެ މެޗަށް ނުކުތީ ވަރުގަދަ ފުރަތަމަ 11 އަކާއެކުގައެވެ. މާކަސް ރަޝްފޯޑާއި ލެމީން ޔަމާލްގެ އިތުރުން ފެރާން ޓޮރޭސް އެޓީމުގެ އެޓޭކް ލައިނުން ފެނިގެން ގޮސްފައިވެއެވެ.
ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނިފައިވާ އިރު، ބާސާއިން ލީޑު ނެގީ 66 ވަނަ މިނެޓުގައެވެ. ފެރާން ޓޮރޭސް އެ ގޯލް ޖަހައިދިނީ ރޭސިންގެ ކީޕަރު ޖޯކިން އެޒްކިއޭޓޭ ކައިރިން ނައްޓާލުމަށްފަހުއެވެ.
އޭގެފަހުން ރޮބާޓް ލެވަންޑޯސްކީއާއި ފާމިން ލޮޕޭޒް ފޮނުވާލި ހަމަލާތައް ރޭސިންގެ ކީޕަރު މަތަކުރި އިރު، ރޭސިންވެސް ހަމަލާތައް އުފެއްދިއެވެ. މަނެކްސް ލޮޒާނޯގެ ދެ ހަމަލާއެއް ގޯލްގެ ދާގަނޑުގައި ޖައްސާލި ނަމަވެސް، ދެ ފަހަރަށްވެސް އޭނާއަށް ހުރަސް އެެޅީ އޮފްސައިޑެވެ.
އެ ހަމަލާތަކާއެކު މެޗު ފޯރިގަދަކޮށް ފެނިގެން ދަނިކޮށް، ބާސާއަށް މޮޅު ޔަގީންކޮށްދިނީ ޔަމާލް ޖެހި ގޯލުންނެވެ.
ކޮޕާ ޑެލް ރޭ
ކޮޕާ ޑެލް ރޭ
ކޮޕާ ޑެލް ރޭ
ކޮޕާ ޑެލް ރޭ