ރަސްމާލޭ ސައިޓް އޭގެ 51 ޕަސަންޓް ހިއްކައި މިހާރު ނިންމާލެވިއްޖެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން މިއަދު ބުނީ ރަސްމާލެ ސައިޓް އޭގެ 137.5 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެމްއޭސީއެލުން ބުނީ މިހާތަނަށް 71 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ، ސައިޓު އޭގެ 51.64 ޕަސަންޓް މަސައްކަތްކަމަށް އެމްއޭސީއެލުން ބުންޏެވެ.
ރަސްމާލެ ސައިޓް އޭ ހިއްކަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ރަސްމާލެ މިހާރު ހިއްކަމުން ދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯންއިންކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ. އެއީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.
ރަަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ތިން ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ 2024 ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ރަސްމާލެ
ރަސްމާލެ