މިދިޔަ ޑިސެމްބަރު މަހު ނުރައްކާތެރިކޮށް ދުއްވި 1554 އުޅަނދެއްގެ ވެރިފަރާތަށް ފިޔަވަޅު އަޅައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ވަނީ، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޑިސެމްބަރު މަހު ކުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު 27،186 އުޅަނދެއް ބަލައި ހުއްޓުވާފައިވެއެވެ. އެއީ ދެ ފުރޮޅުލީ 12،752 އުޅަނދާއި ހަތަރު ފުރޮޅުލީ 14،404 އުޅަނދެއެވެ.
"ނުރައްކާތެރިކޮށް ދުއްވައިގެން 1554 އުޅަނދަކަށް ފުލުހުން ވަނީ ފިޔަވަޅު އަޅާފައި. ދެ ފުރޮޅުލީ 728 އުޅަނދެއް. ހަތަރު ފުރޮޅުލީ 826 އުޅަނދެއް. ނުރައްކާތެރިކޮށް ދުއްވައިގެން ދެ ފުރޮޅުލީ 27 އުޅަނދެއް." ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހު ދެ ފުރޮޅުލީ 5765 އުޅަނދު އަދި ހަތަރު ފުރޮޅުލީ 6659 އުޅަނދު ބަލައި ފާސްކޮށް، ޖުމްލަ 12،424 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އޭގެ އިތުރުންވެސް 10،870 އުޅަނދެއްގެ ވެރިފަރާތަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އެއީ ދެ ފުރޮޅުލީ 5037 އުޅަނދެއް ދުއްވިފަރާތަކަށާއި ހަތަރު ފުރޮޅުލީ 5833 އުޅަނދެއް ދުއްވި ފަރާތަކަށެވެ.
"އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވައިގެން 260 އުޅަނދު ހުއްޓުވާފައި. އޭގެ ތެރޭގައި ދެ ފުރޮޅުލީ 241 އުޅަނދާއި ހަތަރު ފުރޮޅުލީ 27 އުޅަނދު. ޓްރެފިކް ވައިލޭޝަންއާ ގުޅިގެން ދެ ފުރޮޅުލީ 323 އުޅަނދާއި ހަތަރު ފުރޮޅުލީ 360 އުޅަނދު ޓޯކޮށްފައިވޭ،" ފުލުހުން ބުންޏެވެ.
އޭގެ އިތުރުންވެސް ޓްރެފިކް ވައިލޭޝަންއާ ގުޅިގެން ޖުމްލަ 683 އުޅަނދު ޓޯކޮށް، ޕާކިން ވައިލޭޝަންއާ ގުޅިގެން ޖުމްލަ 1367 އުޅަނދު ޓޯކޮށްފައިވެއެވެ. އެއީ ދެ ފުރޮޅުލީ 661 އުޅަނދާއި، ހަތަރު ފުރޮޅުލީ 706 އުޅަނދު ހިމެނޭ ކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފާތިމަތު ލިއުޝާ
ޓްރެފިކް ޕޮލިސް
ޓްރެފިކް ޕޮލިސް
ޓްރެފިކް ޕޮލިސް
ޓްރެފިކް ޕޮލިސް