އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ތިންވަނަ ޑިވިޝަނުގެ ބާންސްލޭ ބަލިކޮށްފިއެވެ.
ލިވަޕޫލުން އަމިއްލަ ދަނޑުގައ ބާންސްލޭ ކައިރިން ރޭ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ލިވަޕޫލުން ނުކުތީ ޒުވާން ތަރި ރިއޯ އެންގުމޯހާއާއި ފެޑެރީކޯ ޗިއޭސާ ފުރަތަމަ 11 ގައި ހިމަނައިގައެވެ. އެ ބަދަލު ފެނުނު ނަމަވެސް، އާނޭ ސްލޮޓް ވަނީ އާއްމުކޮށް އެޓީމުގެ 11 އިން ފެންނަ ނަންތައް ޓީމަށް ނެރެފައެވެ. އެގޮތުން ވާޖިލް ވެން ޑައިކާއި އެލެކްސިސް މެކް އަލިސްޓާއައި ޑޮމިނިކް ޒޮބޮސްލާއީ އަދި ކޯޑީ ގަކްޕޯ ހިމެނެއެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލުން ދެ ގޯލް ޖަހާފައިވާ އިރު، އެ ގޯލްތައް ޖެހީ ޖެރަމީ ފްރިމްޕޮންގާއި ޒޮބޮސްލާއީއެވެ. އޭގެ އިތުރުން ފްލޯރިއަން ވާޓްޒް އާއި ހޫގޯ އެކިޓީކޭ ދެވަނަ ހާފުގައި އިތުރު ގޯލްތައް ޖަހައިދިން އިރު، އެކިޓީކޭ މެޗަށް ނުކުތީ ބެންޗުންނެވެ.
ބާންސްލޭގެ ހަމައެކަނި ގޯލް މެޗުގައި ޖަހައިދިނީ އެޑަމް ފިލިޕްސްއެވެ.
އެފްއޭ ކަޕް ހަތަރުވަނަ ބުރުގެ ގުރުވެސް ނަގާފައިވާ އިރު، ލިވަޕޫލުން ދެން ނުކުންނަން ޖެހޭނީ ބްރައިޓަންއާ ދެކޮޅަށެވެ. ޗެލްސީން ރަށުން ބޭރުގައި ހަލް ސިޓީއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، މެންޗެސްޓާ ސިޓީއާ ލައްވާލީ ސަލްފޯޑު ނޫނީ ސްވިންޑޮން ޓައުންއެވެ. އެ ދެޓީމުގެ މެޗު އަދި ނުކުޅެއެވެ.
އާސެނަލުން ވިގަންއާ ދެކޮޅަށް ހަތަރު ވަނަ ބުރުގައި ނުކުންނަން ޖެހޭ އިރު، ވެސްޓް ހޭމް ވާދަކުރަން ޖެހުނީ ބާޓޮން އަލްބިއޮންއާ ދެކޮޅަށެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް