ހުޅުމާލޭގައި ހުންނަ މަޝްހޫރު ދިއްދޫ ހޮޓާ ހުސްކުރަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ދިއްދޫ ހޮޓާ ހިންގާ އިމާރާތުގެ ވެރިފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނީ އިމާރާތުގެ އެންމެ ތިރީބައިގައި ހޮޓާ ހިންގަމުން އަންނަނީ އޭނާގެ ހުއްދަނެތި ކަމަށެވެ. ދިއްދޫ ހޮޓާ ހިންގުމަށް ވެފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ތެރޭގައި ހަމަވެފައިވާކަމަށް އިމާރާތުގެ ވެރިފަރާތުން ބުންޏެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ހޮޓާ ހުސްކުރަން، ހޮޓަލުގެ ވެރިފަރާތަށް ދިން މުއްދަތުގައި އެތަން ހުސްކޮށްފައިނުވާކަމަށް އިމާރާތުގެ ވެރިފަރާތުން ބުންޏެވެ. އެފަހުން ތަން ހުސްކުރަން ދިން މުއްދަތު ހަމަވިއިރުވެސް އެތަން ހުސްކޮށްފައިނުވާކަމަށް އިމާރާތުގެ ވެރިފަރާތުން ބުންޏެވެ.
އޭގެފަހުން ލިޔުމަކުން ހޮޓާ ހުސްކުރަން، ހޮޓާ ހިންގާ ފަރާތަށް އަންގާފައިވާނެ ކަމަށާއި، އެގޮތުން ތިން މަސް ތެރޭގައި ހޮޓާ ހުސްކުރަން އެންގި ކަމަށެވެ. އެ ތިން މަހުގެ ފަހުން ހޮޓާ ހިންގާ ފަރާތުން ކުލީގެ ފައިސާވެސް ދެމުންނުދާކަމަށް އިމާރާތުގެ ވެރިފަރާތުން ބުންޏެވެ.
އެހެންވެ އެތަން ހުސްކޮށްދިނުމުގެ އަމުރަކަށް އެދި އިމާރާތުގެ ވެރިފަރާތުންވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
ދައުވާގެ ރައްދުގައި ދިއްދޫ ހޮޓަލުގެ ވެރިފަރާތުން ބުނީ އެ ތަން ބޭނުންކުރަމުން އަންނަނީ ކުލި މުއްދަތު އިތުރު ތިން އަހަރަށް ދައްމާލަން އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ދިއްދޫ ހޮޓާ ހުސްކުރާ ނަމަ، އެތަނުގެ މަރާމާތައް ހަރަދުވި ދެ މިލިއަން ރުފިޔާ އިމާރާތުގެ ވެރިފަރާތުން ނަގައިދިނުމަށް އެދޭކަމަށް ހޮޓަލުގެ ވެރިފަރާތުން ބުންޏެވެ.
ދިއްދޫ ހޮޓަލުގެ ވެރިފަރާތުން ބުނީ އެ ހޮޓާ ހިންގަން އިތުރު ތިން އަހަރަށް އިމާރާތް ބޭނުން ކުރެވޭނެކަމުގެ ޔަގީންކަންދިނީ އިމާރާތުގެ ވެރިފަރާތުގެ ފިރިމީހާ ކަމަށެވެ.
ނަމަވެސް ކޯޓުން ނިންމީ އިމާރާތުގެ މިލްކުވެރިކަން އޮތީ ފިރިމީހާއަށް ކަމަށްނުވާތީ އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް، އިމާރާތާ ގުޅޭގޮތުން ހެދުމުގެ ހައިސިއްޔަތު އިމާރާތުގެ ވެރިފަރާތުގެ ފިރީމީހާއަށް ނޯންނާނެ ކަމަށެވެ.
އެހެންވެ ކޯޓުން އަމުރުކުރީ 15 ދުވަހުގެ ތެރޭގައި ދިއްދޫ ހޮޓާ ހުސްކުރުމަށެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް
ތިތާގަ އެއްވެސް ދިވެހި ސްޓާފެއް ނުހުރޭ. ހިދުމަތްދެނީ ހިތައްއެރި މީހަކަށް ވޭޓަރުންތިބެނީ އާސުމާނު
ޢަލީބެ - 5 މަސް ކުރިން
އަދިވެސް ގަދަފައި ވިއްދާލާފައި އުޅޭތި ހުންނާނީ ރާކަނި މަސް ކެވިފައި
ދޮންދުބުރިމާ - 5 މަސް ކުރިން