"އޮޕަރޭޝަން އަލިމަގު" ގެ ދަށުން އިއްޔެ ހަައްޔަރުކުރި އިކޮނޮމިކް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓާގެ މަގާމުގައި ހުންނެވި ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް (30އ)، އެ މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ފުލުހުން ރޭ ބުނެފައިވަނީ ގއ. އަތޮޅާއި، މާލޭ ސަރަހައްދުގައި އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ހަތަރު މީހުންނަކީ ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހު ލަތީފު (28އ)، ގއ. ވިލިނގިލި، މިޔުޒިކީއާގެ، އަހުމަދު މަދީހު (33އ)، ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް (30އ) އަދި ގއ. ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް (35އ) އެވެ.
ފުލުހުން ބުނެފައިވަނީ އެ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝައްފާހު ލަތީފު، އަހުމަދު މަދީހު އަދި އަހުމަދު އަނާމް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެެވެ.
ނޫރުއްނިޒާމްގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައިކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ހަތަރު މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް