އީރާނުގެ ރައްޔިތުން މިހާރު ކުރަމުންދާ މުޒާހަރާތަކަށް މުސްލިމެއްގެ ހައިސިއްޔަތުން ތާއީދުކުރަންޖެހޭ ކަމަށާއި، އީރާނުގެ ސަރުކާރު ދިފާއުކޮށްގެން ނުވާނެކަމަށް ވިދާޅުވެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އީރާން ސަރުކާރުން ރައްދުދީފިއެވެ.
ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާންގެ ރައްޔިތުންގެ މުޒާހަރާކުރަމުންދަނީ އެ ގައުމުގެ ސަރުކާރުން ޒަމާންތަކެއްވަންދެން ހިފަހައްޓާފައިވާ ހިފެހެއްޓުންތަކާއި ދެކޮޅަށް ކަމަށެވެ. އަދި އީރާނުގެ ރައްޔިތުން މުޒާހަރާކުރަމުންދަނީ ދިރިއުޅުމުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވުމުގެ ސަބަބުން ކަމަށެވެ.
ނަޝީދު އެ ވާހަކަތަކަށް ރައްދު ދެއްވައި ސްރިީ ލަންކާގައި ހުންނަ އިރާނުގެ އެމްބަސީން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކުންވަނީ އީރާނުގެ ސިޓީތަކަށާއި، ރައްޔިތުންގެ އުމްރާނީ ވަސީލަތްތަކަށް އަސްކަރީ ހަމަލާތަކެއް ދީފައި ކަމަށެވެ.
އަދި ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކުންވަނީ އީރާންގެ ރައްޔިތުން މެރުމަށް ރޭވުންތަކެއް ރާވައިފައިކަމަށް އީރާން އެމްބަސީން ބުންޏެވެ. އެ ރޭވުމުގެ ސަބަބުން އީރާނުގެ އެއްހާހަށް ވުރެ ގިނަ މީހުންނާއި، ކުޑަކުދިން ޝަހީދު ވެފައިވާކަމަށް އީރާން އެމްބަސީން ބުންޏެވެ.
އީރާންގެ ރައްޔިތުންދަނީ ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ސާބިތުކަން ދައްކަމުންކަމަށް އީރާން އެމްބަސީން ބުންޏެވެ.
މީގެ އިތުރުން އީރާން އެމްބަސީން ބުނީ އެމެރިކާ ސަރުކާރުން ހަމަލާތަކަށް ފޯރުކޮށްދިން ސީދާ އެހީތެރިކަމުގެ ސަބަބުން، މަސްލަހަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކުން ބޭނުންވަނީ އީރާންގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި، އާންމު ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން ގެއްލުވައިލަންކަމަށް އީރާން އެމްބަސީން ބުންޏެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތައް ސުންނާފަތިކޮށްލާފައިވާކަމަށް އީރާން އެމްބަސީން ބުންޏެވެ. އަދި މެޓްރޯ ސްޓޭޝަންތަކަށާއި، ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ބުންޏެވެ.
"މި ހާލަތުގައި، ތިޔަ ބޭފުޅާ (ނަޝީދު) ހުންނެވީ ކޮން ފަރާތެއްގައި ހެއްޔެވެ؟،" އީރާން އެމްބަސީން ބުންޏެވެ.
މުހައްމަދު އިޝާން
އިރާން
އިރާން
އިރާން
އިރާން
ޢަންނީ އަކީ އަބަދުވެސް ކޮސް ވާހަކަ ދައްކާ މީހެއް
ފޯކަސް - 5 މަސް ކުރިން
ބައްލަވަ، މީހަކުބާރަށް ކަރުިލހޔަސްބިރުންރުތުރު،ލައިގެންފަ ތިބޭފުޅުން ބިރުން އިސްތިޢުފާދެއްވިޔަސް ޢީރާނަކީ މުޅިދުނިޔޭގަ އިސްލާމީ ވަޙްދަތު ވަރުގަދަކޮށް ދެމެހެއްޓުމުގަ ނަމޫނާލީޑަރެއް، ޔަޢުނީ، ޓެރަރިސްޓް ސްޓޭޓްސް އޮފްއެމެރިކާގެ ޔަޢުނީ ތިހެންއަދި ޒާތެއްގެޕޯރސްޓެއް ޢާއްމުކޮށްލިޔަސް ނުގުޑާނޭ، ޓެރަރިސްޓް އެމެރިކާ ނިކަަން ޢީރާނަށްބެހިލަބަލަ،
ދަންޑަހިލު - 5 މަސް ކުރިން