ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބު އީގަލްސް ވާދަކުރި މެޗުން ރޭ އީގަލްސް މޮޅުވެއްޖެއެވެ.
އީގަލްސް ރޭގެ މެޗުން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު އީގަލްސްއިން ވަނީ ފަސްވަނައަށް ޖެހިލައިފައެވެ. އެއީ ކުރިން ފަސްވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބުން އިއްޔެ ހަވީރު ކުޅުނު މެޗުގައި އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވުމާ ގުޅިގެންނެވެ.
އީގަލްސްއަށް 14 މެޗުން 22 ޕޮއިންޓް ލިބިފައިވާ އިރު، ވިކްޓަރީ ހަވަނައިގައި އޮތީ 14 މެޗުން 20 ޕޮއިންޓާ އެކުގައެވެ.
ރޭގެ މެޗުގެ 31 ވަނަ މިނެޓުގައި އީގަލްސްއަށް ލީޑު ނަގައިދިނީ ޒައިން ޒަފަރެވެ. އެ ގޯލާއެކު ރަނގަޅަށް ފެށި އީގަލްސްއިން ހާފު ނިމުމުގެ ކުރިން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ މުހައްމަދު ސަބާހު މަސްރޫރް (ސަބަޓީ)އެވެ. އެއީ ބިދޭސީ މިޑްފީލްޑަރު އިބްރާހީމް ލެބީ ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ.
ޔުނައިޓެޑް ވިކްޓަރީން މެޗުގައި ޖެހި ހަމައެކަނި ގޯލް، 59 ވަނަ މިނިޓްގައި ޖެހީ މިސްރުގެ މިޑްފީލްޑަރު މުހައްމަދު ސާމިރެވެ.
އީގަލްސްގެ ދެވަނަ ގޯލްވެސް ޒައިން ޖަހައިދިން އިރު، އެ ގޯލް ފެނުނީ 64 މިނެޓުގައެވެ.
ލީގުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ކްލަބުން ކުޅޭނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ. މިރޭ އޮންނަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު