ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ މ. އަތޮޅު ލީގު ބުރުގައި މުލަކުން ނާލާފުށި ބަލިކޮށް އުންމީދު ހޯދި އިރު، ދިއްގަރާއި މަޑުއްވަރީގެ ކުރިމަތިލުން އެއްވަރު ވެއްޖެއެވެ.
މ. އަތޮޅުން މިފަހަރުވެސް ފަސް ޓީމަކުން ވާދަކުރަމުން އަންނަ އިރު، އެންމެފަހުގެ ޗެމްޕިއަން މުލަކުން މިފަހަރު ކުޅުނު ފުރަތަމަ މެޗުގައި ދިއްގަރު ކައިރިން އޮތީ ބަލިވެފައެވެ. އެ ބައްޔާއެކު އެޓީމަށް ފެށުން އުނދަގޫވި ނަމަވެސް، އިއްޔެ މުހިއްމު ތިން ޕޮއިންޓް ހޯދީ ނާލާފުށި ކައިރިން 2-1 އިން މޮޅުވެގެންނެވެ.
ނާލާފުށީގެ ގޯލް މުހައްމަދު ފަޒީލް ޖެހި އިރު، މުލަކުގެ ގޯލްތައް ޖަހައިދިނީ މުހައްމަދު އައިހަމްއާއި ތޮލްހަތު މުހައްމަދެވެ.
މ. އަތޮޅުގައި ދެން ކުޅުނު މެޗުގައި ދިއްގަރާއި މަޑުއްވަރި ވާދަކުރި އިރު، އެ މެޗު އެއްވަރުވީ ގޯލެއް ނުޖެހި، 0-0 އިންނެވެ.
ދިއްގަރާއި މަޑުއްވަރިވެސް މިހާތަނަށް ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން އޮތީ މޮޅުވެފައެވެ. އެހެންކަމުން ދެޓީމަށްވެސް ވަނީ މިހާތަނަށް ހަތަރު ޕޮއިންޓް ލިބިފައެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ.
މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާ އިރު، މުބާރާތުގެ އެންމެފަހުގެ އަޕްޑޭޓްތައް "ވަން"އިން ގެނެސްދެމުންދާނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް