1.6 ބިލިއަން ރުފިޔާއަށް، 14 ރަށެއްގައި އުމްރާނީ މަޝްރޫއުތަކެއް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހާމިދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
އެމްޓީސީސީއާ ހަވާލުކުރި 14 މަޝްރޫއު:
- ހއ. މުރައިދޫގެ ބަނދަރު ތަރައްގީކުރުން - 54.8 މިލިއަން ރުފިޔާ
- ރ. އުނގޫފާރުގެ ބަނދަރު ތަރައްގީކުރުން - 139.73 މިލިއަން ރުފިޔާ
- ހއ. ފިއްލަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން - 24.07 މިލިއަން ރުފިޔާ
- ނ. މާފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުން - 63.35 މިލިއަން ރުފިޔާ
- ކ. ގާފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުން - 64.3 މިލިއަން ރުފިޔާ
- ހއ. ވަށަފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 242.65 މިލިއަން ރުފިޔާ
- ނ. ހެނބަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 91.94 މިލިއަން ރުފިޔާ
- ނ. މާޅެންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 63.62 މިލިއަން ރުފިޔާ
- ނ. ހޮޅުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 103.28 މިލިއަން ރުފިޔާ
- ރ. އަލިފުށިގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 106.14 މިލިއަން ރުފިޔާ
- ދ. ބަނޑިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 221.95 މިލިއަން ރުފިޔާ
- ގއ. ކަނޑުހުޅުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 183.77 މިލިއަން ރުފިޔާ
- ހއ. އިހަވަންދޫގެ އާޓިފިޝަލް ބީޗު ހެދުން - 54.8 މިލިއަން ރުފިޔާ
- ގދ. ފަރެސްމާތޮޑާގެ މަގު ހެދުން (ދެވަނަ ފިޔަވަހި) - 255.21 މިލިއަން ރުފިޔާ
އެމްޓީސީސީން މިހާރުވެސް ދަނީ ގިނަ އުމްރާނީ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންނެވެ.
މުހައްމަދު އިޝާން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ