ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު އީގަލްސްއިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި އީގަލްސްއިން ޓީސީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މޮޅަކީ އީގަލްސްއަށް މުހިއްމު މޮޅެކެވެ. އެއީ ރަނގަޅު ފޯމެއް ދެމެހެއްޓުމަށެވެ.
ދެވަނަ ބުރުގެ ފުރަތަމަ ދެމެޗުންވެސް ބަލިވި އީގަލްސްއިން މި ބުރުގައި އަދި މޮޅުވީ އޮޑި ސްޕޯޓްސް ކްލަބު ކައިރިންނެވެ. އޭގެފަހުން ބްރޭކަކަށްފަހު މިއަދުގެ މެޗު ކުޅެފައިވާ އިރު، އީގަލްސްއިން ހޯދި މޮޅާއެކު އެޓީމު ހަވަނައިގައެވެ. އެއީ 13 މެޗުން 19 ޕޮއިންޓާއެކުގައެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ދެ ގޯލް ޖަހާފައިވާ އިރު، ފުރަތަމަ ގޯލަކީ 42 ވަނަ މިނެޓުގައި އިބްރާހީމް ލެބީ ޖަހައިދިން ގޯލެކެވެ. އޭނާ ގޯލް ޖެހީ އޭރިއާ ތެރެއަށް ޒައިން ޒަފަރު ނަގައިދިން ހުރަސް، ޓީސީގެ އަަބްދުލްވާހިދު އިބްރާހީމް (ވާޑު) ފައިގައި ޖެހިފައި ދިޔުމުން، އެ ބޯޅައިގެ ބޭނުން ހިފައިގެންނެވެ.
އޭގެ އިރުކޮޅެއްފަހުން ޒައިން ޒަފަރު އީގަލްސްއަށް ދެވަނަ ގޯލް ޖަަހައިދިނީ އިބްރާހީމް މަހުދޫ ހުސައިން (ފޭދޫ އިއްބެ) ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
ޓީސީން ލީގުގެ ހަތްވަނައިގައި 13 މެޗުން ނުވަ ޕޮއިންޓާއެކު އޮތް އިރު، އެޓީމުން ދެވަނަ ހާފުގައި ގޯލަކަށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު