ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާވެސް ހަންގޭރީގެ އިސްތަވާން އުރުބާނީ ހަމަޖައްސައިފިއެވެ.
އެފްއޭއެމްއިން މިއަދު އިއުލާނު ކޮށްފައިވާ ގޮތުގައި އުމުރުން 58 އަހަރުގެ އުރުބާނީ ކޯޗަކަށް ހަމަޖައްސާފައި ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާވެސް އެކުގައެވެ.
އުރުބާނީއަކީ ދިވެހި ފުޓުބޯޅައަށް ފަރިތަ، ކުރިން ގައުމީ ޓީމަށް ދެފަހަރަށް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. އޭނާއާއެކު ގައުމީ ޓީމުން ކުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ އިރު، އެންމެ ފުރަތަމަ އުރުބާނީ ރާއްޖެއަށް ކޯޗުކަން ކޮށްދިނީ 2009 ވަނަ އަހަރުއެވެ. އެފަހަރު އަހަރެއް ދުވަހު އޭނާ ކޯޗަކަށް ހުއްޓެވެ.
އޭގެފަހުން އަނެއްކާވެސް 2011 ވަނަ އަހަރު 2013 ވަނަ އަހަރަށް ރާއްޖޭގެ ކޯޗުކަން އުރުބާނީ ކޮށްފައިވާ އިރު، އޭނާ ވަނީ ޒުވާން ޓީމާއެކުވެސް މަސައްކަތްތަކެއް ކޮށްފައެވެ.
އުރުބާނީއާއެކު 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ރާއްޖެ ދަތުރު ކޮށްފައިވާ އިރު، ލަންކާގައި 2023 ވަނަ އަަހަރު ބޭއްވި 23 އަހަރުން ދަށުގެ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ މަހިންދަރާޖާ އިންޓަނޭޝަނަލް ކަޕްވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.
މީގެ ކުރިން ހަންގޭރީގެ ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދިން އުރުބާނީ ރާއްޖޭން ދިޔަ ފަހުން އެމެރިކާގައި މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އެގައުމުގެ ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ސްޕޯޓިން ކެންސަސް ސިޓީގެ އެކަޑެމީއާއި އެ ޓީމުގެ ސީނިއާ ޓީމަށްވެސް އޭނާ ކޯޗުކަން ކޮށްދީފައިވެއެވެ. ހާއްސަކޮށް އެ ކްލަބުގެ ފުޓުބޯޅަ ޑެވަލޮޕްމަންޓްގައި އޭނާ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އުރުބާނީއަކީ ހަންގޭރީގެ ގައުމީ ޓީމަށްވެސް ކުރިން ކުޅެފައިވާ ކޯޗެކެވެ. އޭނާ ކުޅެފައި ވަނީ މިޑްފީލްޑަރެއްގެ އިތުރުން ޑިފެންޑަރަކަށެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އަހަރު ހަވާލުވެ ހުރި އަލީ ސުޒޭނަށްފަހު، އޭގެފަހުން އެ ޒިންމާގައި ހުރީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. މޯހަންއާއެކު ރާއްޖޭން ވަނީ ދެކުނު އޭޝިއާގެ ސުޕަ ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
އުރުބާނީގެ
މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު