ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ވެސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މިއަދު ކުޅުނު މެޗުގައި މާޒިޔާއިން ޔޫވީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވުމާއެކު މާޒިޔާއަށް ވަނީ 13 މެޗުް 37 ޕޮއިންޓް ލިބިފައެވެ. މިވަގުތު ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 12 މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް 12 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ.
ބްރޭކަކަށްފަހު މިއަދު ލީގު އަލުން ފަށާފައިވާ އިރު، މެޗުގެ 30 ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގީ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުންނެވެ.
އޭގެފަހުން ޔޫވީން މާޒިޔާ ހިފަހައްޓަން ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ އިރު، މާޒިޔާގެ ދެވަނަ ގޯލް ފެނުނީ 82 ވަނަ މިނެޓުގައެވެ. އެ ގޯލް ޖަހައިދިނީ ނާއިޒް ހަސަން (ދާދު)އެވެ.
މެޗަށް އަނބުރާ ވަނުމަށް ޔޫވީން ކުރި މަސައްކަތުގެ ތެރެއިން ނިމެން ދަނިކޮށް، އިތުރު ވަގުތުގައި މިސްރު ފޯވާޑް މުހައްމަދު ސާމިރު ވަނީ އެޓީމަށް ގޯލެއް ޖަހައިދީފައެވެ. އެ ގޯލާއެކުވެސް ޔޫވީއަށް ޕޮއިންޓެއް ނުލިބި، މާޒިޔާ ވަނީ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު