ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާއާ އެ ކްލަބާ ދެމެދު ގުޅުން ގޯސްވެ، ކޯޗުކަމުން ދުރަށް ޖެހިއްޖެއެވެ.
ހަބަރުތައް ބުނީ މިދިޔަ އަހަރު ފަހުކޮޅާ ހަމައަށްވެސް ޗެލްސީގެ ބޯޑާއި މަރެސްކާއާ އޮތް ގުޅުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް، ޑިސެމްބަރުގެ ނަތީޖާތަކާއެކު މަރެސްކާއަށް ޕްރެޝަރު ބޮޑުވި ކަމަށް ނޫސްތަކުން ބުންޏެވެ.
ޗެލްސީން ނެރުނު ބަޔާނެއްގައި ބުނީ ކޯޗު މަރެސްކާ ކްލަބުން ދިޔައީ ދެފަރާތް އެއްބަސްވެގެން ކަމަށާއި، އޭނާގެ ބަދަލުގައި ކޯޗަކު ހޯދަން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. ޑިސެމްބަރު ފެށިއިރު ޗެލްސީން ލީގު ތިންވަނައިގައި އޮތީ އާސެނަލާ ހަތަރު ޕޮއިންޓް ފަރަގެއްގައެވެ. އެހެން ނަމަވެސް މިހާރު އެޓީމު އޮތީ ހަވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް އާސެނަލާ 15 ޕޮއިންޓް ފަރަގެއްގައެވެ.
ނަތީޖާތައް ދަށްވުމުގެ ސަބަބުން މަރެސްކާގެ ކުރިމަގާމެދު ގޮތެއް ނިންމަން މިއަދު ބޯޑުގެ ބައްދަލުވުމެއް ކުރިއަށްދިޔަ ކަމަށްވެސް ބީބީސީ ސްޕޯޓްސްއިން ބުނެފައިވެއެވެ.
އާންމުކޮށް އަވަސް އަވަހަށް ކޯޗު ބަދަލުކުރާ ކްލަބެއްގެ ގޮތުގައި ޗެލްސީ ފާހަގަވެފައިވާ އިރު، އެ ހާލަތަށް ކްލަބު ވެއްޓުނަ ނުދޭން، ބޯޑުން މިދިޔަ އަހަރުވެސް މަސައްކަތް ކުރިއެވެ. މިދިޔަ އަހަރު ޗެލްސީން ކްލަބު ވޯލްޑް ކަޕް އުފުލާލާފައިވާ އިރު، އެޓީމު ވަނީ ޗެމްޕިއަންސް ލީގުގައިވެސް ކުރިއެރުންތަކެއް ހޯދައިފައެވެ. އަދި ލީގު ކަޕްގެވެސް ސެމީ ފައިނަލަށް ދަތުރު ކޮށްފައިވެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ