ހއ. ހޯރަފުށީގައި ހުންނަ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީސް ފަޅާލައި ވައްކަންކޮށްފިއެވެ.
ފުލުހުން ބުނީ، އެ އޮފީހުން ވައްކަން ކޮށްފައިވަނީ އެ ތަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ރޭ ފަތިހު 3:58 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް