ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު އަނިޔާކޮށް، އެ މީހާ މޫދަށް އެއްލާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ބ. ހިތާދޫ، އަންދަލީބުގޭ، އަހުމަދު ޝަރީފް، 50 އާއި ލ. އިސްދޫ، ބްލޫކިޔާގެ، އަހުމަދު ހާތިމް، 49، އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވައްކަމުގެ ތުހުމަތުވާ މީހާގެ ގަމީސް ބާލުވައި އެ މީހާ ބިންމައްޗަށް ވައްޓާލައި ދަމާފައި ގެންގޮސް ވަނީ މޫދަށް އެއްލައިފައިފައެވެ.
މީގެ ކުރިންވެސް ވައްކަމުގެ ތުހުމަތުވާ ބައެއް މީހުންނަށް އާންމުން އަނިޔާކޮށްފައި އެބަހުއްޓެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް