ހުއްދަ ނޫން ތަނަކަށް ވަދެ، ވައްކަން ކުރި ކަމަށް ތުހުމަތުވާ މީހަކު، އެ ތަނަށް ވަނީ، ވައްކަން ކުރަން ނޫން ކަމަށާއި ބަޔަކު މާރާމާރީ ހިންގަން އަންނާތީ ކަމަށް ކްރިމިނަލް ކޯޓުގައި އޭނާ ބުނެފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނެކެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ވެސް ޖަހައިފައެވެ.
އެ މީހާ މާލޭގެ ގެއަކުން ވައްކަން ކުރި ކަމަށްބުނެ އެ މީހާ ހޯދަން އާންމު މީހަކު ވަނީ ސޯޝަލް މީޑިއާގައި ފޮޓޯއެއްވެސް އާންމުކޮށްފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރަށް ވައްކަން ކުރުމުގެ ތުހުމަތެވެ.
އެ ތުހުމަތުތައް ކުރެވޭ މީހާ ކޯޓުގައި ބުނީ، އޭނާ އެ ތަނަށް ވަނީ ބަޔަކު އޭނާގެ ފަހަތުން މާރާމާރީ ހިންގަން އަންނާތީ ކަމަށާއި އެއްވެސް އެއްޗެއް އެ ތަނުން ވަގަށް ނަގާފައިނުވާ ކަމަށެވެ. އަދި އެއްވެސް އެއްޗަކަށް ގެއްލުން ދީފައިވެސް ނުވާނެ ކަމަށް ބުންޏެވެ.
ކޯޓު އަމުރުގައި ބުނި ގޮތުގައި، އޭނާއަކީ، ވައްކަމާއި މަސްތުވާތަކެތީގެ ބަންދު ރެކޯޑު އޮތް މީހެކެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް